Wb/dv/ޤުރްއާންގެ ވާހަކަތައް

From Wikimedia Incubator
< Wb‎ | dv
Wb > dv > ޤުރްއާންގެ ވާހަކަތައް

ޤުރްއާންގެ ވާހަކަތައް[edit | edit source]

- މޫސާގެފާނު (ޢިލްމްގެ ގޮތުން އެންމެ މުއްސަދި މީހާ)


މޫސާގެ ފާނާއި ޞާލިޙް އަޅާ ޤިޞަޞުލް ޤުރައާން ލިލް އަޠްފާލި، މިނަމުގައި ޝެއިޚް މުޙައްމަދު އަލީ ޤުތްބް، ލިޔުއްވި ފޮތެއްގެ ދިވެހި ތަރުޖަމާގައި މޫސާ(އ.ސ)ގެ ފާނާޢި، ޞާލިޙް އަޅެއްގެ ވާހަކަ، މިފަދައިން ނަކަލު ކުރެވިފައި ވެއެވެ.

ޢިލްމެގެ އެންމެ މުއްސަދި މީހާ:[edit | edit source]

އެއްދުވަހަކު މޫސާޢަލައިހިއްސަލާމު ޤައުމުގެ މީސްތަކުންނަށް ޚުތުބާ ދެއްވަމުން މާތް ﷲ އަށް ފުރިހަމައަށް ޢީމާންވުމަށް ނަސޭހަތް ތެރި ވެލެއްވުމަށް އިރްޝާދުވެ ލެއްވި އެވެ. އަދި މިގޮތުގައި އެބައިމީހުންގެ ތެރޭގައި ހުނންނެވި ހުންނެވުމުގައި އެޢިލާޙްގެ ރަސޫލާއަށް އެއިލާޙް މަތިވެރިގޮތުގައި އިނާޔާތްތެރިވެ ވޮޑިގެންވެއެވެ. މޫސާ(އ.ސ) އަށް ދެއްވި ޢިލްމްގެ މަތިވެރިކަމާއި އެކު މީސްތަކުން ހައިރާންވެ ކަނުލައި އަޑުފުޅުއެހުމުގައި ދެމިތިއްބެވެ. އެޢިލްމްގެ ފުރިހަމަކަމާއިމެދު އެތާގައި އިން މީހަކު ސުވާލު ކުރިއެވެ. ޢިލްމްގެ ގޮތުން އެންމެ ބޮޑުމީހަކީ ކޮބައިތޯ އެވެ؟ މޫސާ(އ.ސ) އަށް ވިދާޅުވެވުނެވެ. އެއީ ތިމަންނާއީމެވެ!

މިޖަވާބު ވެގެން ދިޔައީ އެރަސޫލާއާއިމެދު އެއްކައުވަންތަމާތްﷲ ރުހިވޮޑިނުގަނެ އެރަސޫލާ އިމްތިހާން ކުރެއްވި، އެކަމާއި އެރަސޫލާ ކުުރިމަތި ލައްވަން ޖެހިވަޑައިގެންނެވި ކަމަކަށެވެ. އެެއީ ހުރިހާ ކަމެއް އެންމެމޮޅަށް ދެނެވޮޑިގެންވާ ފަރާތަކީ އެއިލާޙް ކަމުންނެވެ. އަދި އެކަން އެގޮތަށް މެދުވެރިކުރެއްވީ އެރަސޫލާއަށް ވިސްނައިދެއްވުމުގެ ގޮތުންނެވެ. އެހިނދު މާތްﷲއެރަސޫލާއަށް ވަޙީކުރެއްވިއެެވެ. ތިމަން އިލާޙްގެ އަޅުތަކުންތެރެއިން އެމީހަކަށް ވަރަށް ޚާއްސަ ޢިލްމެއް އެމީހަކަށް ދެއްވާފައިވާ ބޭފުޅަކު 'މަޖްމުލް ބަޙްރައިނި' އޭ ކިޔުނު ހިސާބުގައި ދިރިއުޅެއެވެ. އޭނާއާއި ބައްދަލު ކުރެއްވުމަށް އެހިސާބަށް ދަތުރު ކުރައްވާށެވެ. އޭރުން އެމީހެއްގެ ޢިލްމް ބެއްްލެވުމުން ތިމަން އިލާޙް އިލްމުދެއްވުމުގައި އެމީހަކަށް އިޙްސާންތެރި ވެލައްވާ މިންވަރު ދެކިލައްވާނެކަން ޔަޤީނެވެ. އެޢިލްމަކުން ތިބާއަަށް ލިބިގެންވަނީ ވަރަށްމަދު މިންވަރެކެވެ.

މޫސާ(އ.ސ) އަމިއްލަ ނަފްސްގެކިބައިން މިފާޅުވިކަމާއި މެދު ﷲއަށް ބިރުވެތިވެ ވަޑައިގެން، ހިތާަމަފުޅު ކުރައްވައި ލަދުވެތިވެލެއްވި އެވެ. އަދި އެއިލާޙްގެ އަމުރުފުޅަށް ކިޔަމަންތެރިވެ ކުރެވުނު ކުށުގެ ކައްފާރާ އަދާކުރައްވައި ތަޢުބާވެވަޑައިގަތުމުގެ ގޮތުން އެޞާލިިޙް އަޅެއްގެކައިރިއަށް އެމީހަކާއި ބައްދަލު ކުރެއްވުމަށް ޓަކައި ދަތުރަށް ތައްޔާރުވެލެއްވި އެވެ.

އެދަތުރަށް ލުޔެއްދެއްވައި އެ ޞާލިޙް އަޅަކާއި ބައްދަލުވާނޭ ގޮތް ދެއްކެވުމަށް އެދިލައްވައި އެގޮތުން މޫސާ(އ.ސ) މާތް ﷲގެ ހަޒްރަތަށް ދެންނެވިއެވެ. އެހެން އެގޮތްވުމަށް އެއިލާޙްގެ ފަރާތުން އަމުރު ބާވައިލެއްވީ، ބޮޑު މަހެއް (ލޮނުއެޅި) ކޮތަޅަކައް ލައްވައި، ދެކަނޑު (ފެނާއި ލޮނު) ގުޅޭހިސާބަށް ދަތުރު ކުރެއްވުމަށެވެ. އެމަސްމޫސާގެ ފާނަށް ގެއްލޭނެ ހިސާބަކީ އެދަތުރުކުރައްވަން ޖެހޭ ހިސާބެވެ.

މިދަތުރުފުޅުގައި މޫސާ(އ.ސ) އާއި އެކު ޔޫޝާއު ބުންނޫން އޭކިޔުނު ޒުވާނަކުު ޚާދިމެއްގެ ހޮތުގައި ގެންދެއްވިއެވެ. ކޮންމެއަކަސް އެދެބޭފުޅުން މަޖްމަޢުލް ބަޙްރެއިނިއަށް ވަޑައިގަތުމަށްޓަކަައި ސައިނާގެ ހުޅަގުދެކުނުހިސާބަކުން އެއްގަމުން ދަތުރުފެއްޓެވިއެވެ. އެއީ ވަރަށްހަނަފަސް، ހޫނުގަދަ އަދި އެހާމެ ފައިމަގުން ދަތުރުކުރަން އުދަނގޫ މަގެކެވެ. ދިގުރާސްތާއެއް ކަޑައްތު ކުރަންޖެހެއެވެ. ވަކި ހިސާބަކަށް އެބޭފުޅުންނަށް ދެވުނު ދެވުނުއިރު ޔޫޝާއުގެފާނު ވަރަށްބޮޑަށް ވަރުބަލިފުޅުވެ ކުރިއަށްވަޑައިގަތުން ދަތިވެއްޖެއެވެ. މޫސާގެފާނު އެކަލޭގެެފާނުންގެ ޚާދިމްކުއްޖާއަށް ވިދާޅުވިއެވެ. މިކަމުގައި އެތަކެއްއަހަރު ވެސް ހޭދަވެދާނެ ފަދަައެވެ. އެހެން ކަމުގައި ވިޔަސް، މަޖްމަޢުލް ބަޙްރެއިނިއަށް ދެވޭތޯ ތިމަން މަސައްކަތްކުރާހުށީމެވެ. މިވާހަކަ އަލް ކަޙްފް ސޫރަތުގެ 60 ވަނަ އާޔަތުގައި މިފަދައިން އައިސްފައިވެއެވެ. "މޫސާގެ ފާނުއެކަލޭގެފާނުގެ ޚާދިމްކުއްޖާއަށް ވިދާޅުވީހިނދު ހަނދުމަކުރާށެވެ. ދެކަނޑުގުޅުނު ހިސާބަށް ތިމަން ފޯރައްޖައުމަށް ދާާންދެން ނުވަތަ ޒަމާންތަކެއް ވޭތުކުރައްވައިފުމަށް ދާންދެން (ހިންގެވުން) ދުލެއް ނުކުރައްވާހުށީމެވެ،"

ދަތުރުގެ ވަކިހިސާބަކުން (ދުވަސްތަކެއްފަހުން) ކަނޑުގެ ފިނި އަރާމްދެނިވިރޯޅިތަައް އެދެދަތުރުވެރިންނަށް އިޙްސާސް ކުރެވެން ފަށައިފިއެވެ. އޭގެ ސަބަބުން ދަތުރުގެ ވަރުބަލިކަމާއި އުދަނގޫތައްވެސް ކިތަންމެހައިވެސް ކުޑަވެގެން ހިގައްޖެއެވެ. މަޖްމައުލް ބަޙްރެއިނިގެ އައްސޭރި ފަށާހިސާަބަށް އާދެވިއްޖެކަންވެސް އިޙްސާސްކުރެވުމުން އެހިސާބުން ބޮޑުހިލައެއްގެ ހިޔަލުގައި ކުޑަކޮށް އަރާމުކޮށްލެއްވުމަށް އެދެބޭފުޅުން މަޑުކޮށްލެއްވި އެވެ. އެތާގައި ކަނޑުގެ އައްސޭރި ފަށުގައި ހިޔާލިބުމުން މޫސާ(އ.ސ)ގެ ފާނަށް ވަރުބަލިކަމުގެ އިޙްސާސްކުރެވި ނިދިކުރެއްވުނެވެ. ޔޫޝާއު އިންނެވީ ދަތުރުގެ ހިތްދަތިކަން ފިލުވާލުމުގެ ނިޔަތުގައި މަސްކޮތަޅު ކައިރީގައި ބޭއްވުމަށްފަހު އައްސޭރިފަށުގައި (ރާޅުޖަހާ ހިސާބުގައި) އިށީނދެ ވަޑައިގެން ޤުދްރަތުގެ ކުޅަދުންވަންތަކަން ތަޞައްވުރުކުރައްވާހާލު ކަނޑުގެ ރާޅުތަކުގެ ރީތި މަންޒަރު ބައްލަވާށެވެ. އިސާހިތަކު މަސްލައްވާފައިވާ ކޮތަޅުގެ މަތީން މުޅީން ހަދާން ނެތިއްޖެއެވެ. ކުއްލިއަކަށް އެކޮތަޅުގައި އޮތްމަސް، އައިރާޅަކާއެކު މޫދުތެރެއަށް ދޫވެ، އޭގައި މާތްﷲގެ ކުޅަދުންވަންތަކަމުން އަލުން ފުރާނަޖެހި، ކަނޑުގެ ތެރެއަށް ދޫވެގެން ދިޔަތަން ފެނުނެވެ.

މޫސާ(އ.ސ)ގެ ފާނު ތެދުވެވަޑައިގެން، އަނެއްކާވެސް ދަތުރުގެ މަންޒިލާހަމައަށް ދިއުމަށް އަލުން ދަތުރު ފައްޓަވަން ދަތުރުގެ ބައިވެރިޔާކިބައިން އެދިވަޑައިގަތެވެ. އެހެންކަމުން އެކަމަށް ޔޫޝާއުގެފާނު ކިޔަމަންތެރިކަމާއެކު އިޖާބަދެއްވިއެވެ. އަދި އިތިރު ބަސްފުޅެއްވިދާޅުނުވެ ހިމޭނުން އެކަން ކުރެއްވިއެވެ. އޭރުވެސް އެހުންނެވީ ދިމާވި ކަމަކާއި ޙައިރާންވެ ބަސްހުއްޓިފައެވެ. އެހިލައިގެ ކައިރީގައި އަރާމުކުރެއްވުމަށް މަޑުކޮށްލެއްވި ހިލަޔާދުރަށް އެތައްހިސާބަކަށް ދެވުނުހިނދު، ވަރަށް ހިޔާބޮޑު ގަހެއްފެނިވަޑައިގަތެވެ. އަދި މެންދުރުގެ ކެއުންބެއްލެވުމަށް ހިޔަލުގައިމަޑުކޮށްލެއްވުމަށް މޫސާ(އ.ސ)ގެފާނު ނިންމެވިއެވެ. އަދި ފަރިއްކޮޅު ގެނައުމަށް އެެޒުވާނާއަށް ވިދާޅުވިއެވެ. އަލް ކަޙްފް ސޫރަތުގެ 62 ވަނަ އާޔަތުގައި މިވާހަ އައިސްފައިވެއެވެ.

އެވަގުތު ޔޫޝާއުގެފާނަށް ހޭލެވުނު ފަދައެވެ. ވެފައިވާ ވަރުބައްޔާއި އެކު ޙައިރާންކަން ކެނޑި މޫސާ(އ.ސ)ގެފާނަށް ދެންނެވިއެވެ. އަޅުގަނޑުއަތުން އެކޮތަޅު ހަލާކުވެ މަސްވެސް ގެއްލިއްޖެއެވެ. ދެން އެކަން ހިނގާދިޔަ ގޮތް އޭނާ ކިޔައިދެއްވިއެވެ.

އަޅުގަނޑު މިހުރީ ލިބުނު ޙައިރާން ކަމެއްގެ ބޮޑުކަމުން އެވާހަކަ ދައްކަންވެސް ހަނދާންނެތިފައެވެ. ހަމަކަށަވަރުން އަޅުގަނޑު ހަދާން ނެތުނީ ޝައިޠާނާގެ ސަބަބުންނެވެ.

މޫސާ(އ.ސ)ގެ ފާނުން އޭނާ އަށް ވިދާޅުވިއެވެ. މާތްﷲ ތިބާއަށް ޢަފޫކުރައްވައި ފާފަފުއްސަވާށިއެވެ! ހަމަޔަޤީނުންވެސް އެތަނެއްހޯދުމަށް އަހުރެމެން ދަތުރު ކުރަމުން މިދާތަނަކީ ތިޔައީއެވެ. އެހެންވެ އެތަނަށް އެނބުރިދާންހިގާށެވެ.

ޞާލިޙު އަޅާ[edit | edit source]

މޫސާގެ ފާނާއި އެކުވެރިޔާއަށް އެހިލައިގެކައިރިއަށް ވަޑައިގަނެވުނުހިނދު އެތަނުން ފެނިވަޑައިގަތީ އެމީހެއްގެ ހައިބަވެތިކަމުގެ ސަބަބުން މީހުން ޖެހިލުންވެދާނެ ފަދަ މީހެކެވެ. އޭނާއަށް ތަޢާރަފްވެވުނެވެ އަދި އޭނާ އެދަތުރުވެރިންނަށް އަމިއްލަފުޅަށް ތަޢާރަފް ވެވަޑައިގަތެވެ. އެއީ މާތްﷲ އެއިލާޙްގެ ޙަޟްރަތުންދެއްވި ޙާއްޞަ ޢިލްމެއް ލިބިވަޑައިގެން ހުންނެވި ޞާލިޙް އަޅެކެވެ. އޯގާތެރި އަދި ހިތްޕުޅުހެޔޮ އިންސާނެއްވެސް މެއެވެ. ކީރިތި ޤުރްއާންގައި މިވާހަކަ މިފަދައިން އައިސް ފައިވެއެވެ.

 "ދެން (އެތަނުން) ތިމަން އިލާޙްގެ އަޅުންގެ ތެރެއިން (ޚާއްސަ) އަޅަކު ފެނިވަޑައިގަތެވެ. އެމީހަކަށް ތިމަން އިލާޙްގެ ޙަޞްރަތުން ރަޙްމަތެއް ދެއްވީމެވެ. އަދި ލަދުންޔަ ޢިލްމުން ޢިލްމު އުންގަނަންނައިދެއްވީމެވެ."

މޫސާ(އ.ސ)ގެ ހިތުގައި އޭނާ އާއި އެކު އުޅުއްވައި އޭނާ ކައިރިން އުނގެނުމުގެ ޝައުގުވެރިކަން އުފެދުނެވެ. އޭނާ ވިދާޅުވިއެވެ. އޭ މޫސާ(އ.ސ) އެވެ! އަހަރެެންގެ ގާތުން އުނގެނި ޢިލްމް ހޯދުމަށްޓަކައި، އަހަރެންގެ ފަރާތުން އެކަމަށް ކުޅަދާނަފުޅު ނުވާމިންވަރަށް ކެތްތެރިވާން ޖެހިވަޑައިގަންނަވާނެއެވެ.