Wb/dv/ޤާބިލާއި ހާބިލް

From Wikimedia Incubator
< Wb‎ | dv
Wb > dv > ޤާބިލާއި ހާބިލް

އަލްމާއިދާ ސުރަތުގެ 27 ވަނަ އާޔަތުން ފެށިގެން އެއާޔަތުގެ 31 ވަނަ އާޔަތާ ހަމަޔަށް މާތް ﷲ ވަޙީކުރައްވާފައިވެއެވެ.

"އާދަމްގެފާނުންގެ ދަރިކަލުންގެ ޚަބަރު، ހައްޤު ގޮތުގައި ކަލޭގެފާނުން އެބައި މީހުންނަށް ކިޔައިދޭށެވެ. "
"ދެ ދަރިކަލުން ޤުރްބާނެއް ކުރިމަތި ލެއްވި ހިނދު (ކަން ހިގައިދިޔަ ގޮތުގެ) ވާހަކައެވެ. ފަހެ އޭގެެ އެކަކުގެ ކިބައިން (އެކަން) ޤަބޫލް ކުރެވުނެވެ. 

އޭނާގެ ފަރާތުން ޤަބޫލުނުކުރެވުނު ދަރިކަލުން ބުންޏެވެ. 'ތިމަން ހަމަ ކަށަވަރުންވެސް ކަލޭ (ހާބިލް) ޤަތުލު ކުރާހުށީމުއެވެ.'

އެދަރިކަލުން ވިދާޅުވިއެވެ. 'މާތްް ﷲޤަބޫލް ކުރައްވާހުށީ ހަމަކަށަވަރުންވެސް ތަޤްވާވެރިންގެ ކިބައިންނެވެ. ތިމަން ޤަތުލުކުރުމަށް ޓަކައި ކަލޭގެ އަތް ތިމަންނާއާދިމާއަށް ދިއްކުރިޔަސް، ކަލޭ ޤަތުލުކުުރުމަށް ތިމަންގެ އަތް ކަލެއާދިމާއަށް ދިއްކުރާ މީހެއްކަމުގައި ނުވާހުށީމެވެ. ހަމަކަށަވަރުން ޢާލަމްތަކުގެ ވެރި ﷲއަށް ތިމަން ބިރުގަންނަމެވެ.'

ދެން އޭނާގެ އަޚާ ގަތުލުކުރުމަށް، އޭނާގެ ނަފްސް އޭނާއަށް ޒީނަތްތެރިކޮށް ދައްކައި ފަހި ކޮށްދިނެވެ. ދެން އޭނާގެ އަޚާ ގަތުލު ކުޅަ ހިނދު އޭނާ ގެއްލެނިވީ މީހުންގެ ތެރެއިން ވިއެވެ.

ޤާބިލް އޭނާގެ ކޮއްކޮ އަށް ހަމަލާދިނީ ކޮއްކޮ އެކަނި (ގިނިކަންޏާ) ނިދާފައި އޮއްވާ އެތަނަށް ސިއްރުން ވަދެއެވެ. ކޮއްކޮގެ ލެއިން ހަށިގަނޑު ތަތްތެޅިފައިވާ ހާލު އެމަސްގަޑު ރަގަޅަށް ފެނުމުން، އޭނާއަށް މިކުރެވުނީ ކީއްކަން އިހްސާސްކުރެވި އެގޯސް ކަންތްއް ކުުރެވުނީތީވެ ދެރަވެ، އޭނާގެ އަމިއްލަ ނަފްސް (ނަފްސުއްލައްވާމާ) އޭނާއަށް މަލާމާތް ކުރަން ފެށިއެވެ. އޭގެ ނަތީޖާއަކީ ދެރަވެ ވަރަށްބޮޑު ހިތާމައަކާއި މާޔޫސް ކަމެއް އޭނާ އިޙްސާސް ކުރަން ޖެހުމެވެ.

ޤާބިލް އޭނާގެ ކޮއްކޮ ހާބިލްގެ ފުރާނަނެތް މަސްގަޑު ފެނުމުން، އެ މަސްގަޑު ނިވާ ކުރާނީ ކިހިނަކުން ކަންވެސް ނޭގި އިންދާ އެކަން ކުރާނެ ގޮތް ދެއްކެވުމަށް ޓަކައި އެތަނަށް މާތް ﷲ ކާޅެއް ފޮނުއްވިއެވެ. މާދުރު ހިސާބަކުން ތަޅާފޮޅަމުން އައި ދެ ކާޅެއްް އެތަނަށް އައެވެ. އޭގެން އެއްކާޅު ޒަޚަމްވެގެން ބިންމައްޗަށް ވެއްޓި މަރުވީ އެވެ. އެތަން ފެނިފަައި އޭނާ އަށް ބުނެވުނެވެެ، "ހުރި ހިތާމައެއް ނިކަން ދެކޭށެވެ، އަހަރެންގެ ކޮއްކޮގެ މަސްގަޑު ނިވައު ކުރުމަށް މިކާޅުފަދައިން ވުމަށްވެސް އަހަރެން ނުކުޅެދެނީ ހެއްޔެވެ؟"

ދެން އެކާޅު އޭގެ ތުބުންނާއި ދެފައިން ބިންހާވައި ވަޅުގަޑެއް ހެދުމަށްަފަހު މަރުވެފައި އޮތްކާޅު އެވަޅުގަޑަށް ލާފައި މައްޗަށް ފަސްއަޅައި ފޮރުވާލުމަށްފަހު އުދުހިގެެން ދިޔައެވެ. އެހިސާބުން އެކަމުގެ ހައިރާން ކަންމަތީ އިން ޤާބިލް އާލަމް ތަކުގެ ވެރި މާތް ﷲ އަށް ޝުކުރު ކުރާ ހާލު އޭނާގެ ކޮއްކޮގެ މަސްގަޑު އެކާޅު ހެދި ފަދައިން ވަޅުލައި ނިވައު ކުރިއެވެ.

އަލް އިމާމް ބުޚާރީ އާއި އަލް އިމާމް މުސްލިމް ރިވާކުރެއްވި ހަދީޘް އެއްގެ މާނާގައި ވެއެވެ. ރަސޫލާ (ސ.) ހަދީޘް ކުރެއްވިއެވެ. 'ހައްޤަކާއި ނުލާ އަނިޔާވެރިއެއްގެ އަތުން ޤަތުލުކުރެވޭެ ކޮންމެ އާދަމުގެ ދަރިއެއްގެ ޤަތުލުގެ އުޤޫބާތުގެ ބައެއް، މިކަންކުރި ފުރަތަމަ އާދަމުގެ ދަރިޔާއަށް ނުލިބި ނުދާ ހުއްޓެވެ. އެއީ، (ހައްޤަކާއި ނުލާ) މީހަކު މެރި ފުރަތަމަ މީހަކީ އެއީ އެވެ.'